ވަގުތު ޕޯލް: ދާންދޫ ދާއިރާ - އެންމެ ގިނަ ވޯޓް ލިބުނީ އެމްޑީޕީ ކެންޑިޑޭޓް ޔައުގޫބް އަބްދުﷲ، ވާދަކުރައްވަނީ ޕީޕީއެމްމުހައްމަދު މުއީން

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން "ވަގުތު" އިން ކުރިއަށް ގެންދިޔަ "ރައްޔިތުންގެ އަޑު"، ޚިޔާލު ހޯދުމުގެ ވޯޓުގެ، ދާންދޫ ދާއިރާގެ ނަތީޖާ ދައްކާގޮތުން، އެ ދާއިރާއިން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓް ނަމްބަރ 1, ޔައުގޫބް އަބްދުﷲ އެވެ.
ޔައުގޫބް އަބްދުﷲ އަށް ، 151 ވޯޓު ލިބިފައިވާއިރު، އެއީ އެ ދާއިރާއަށް ވޯޓު ލެއްވި ބޭފުޅުންގެ 42.66 އިންސައްތަ ވޯޓެވެ.
ޔައުގޫބް އާއި އެންމެ ކައިރިން ވާދަކުރައްވާ، ޕީޕީއެމް ކެންޑިޑޭޓު، މުހައްމަދު މުއީން އަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ ވޯޓުލެއްވި ބޭފުޅުންގެ 34.46 އިންސައްތަ ވޯޓެވެ.
މި އިންތިޚާބުގައި އެ ދާއިރާއަށް 5 ބޭފުޅުން ވާދަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ