ފެމަލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލަ ނުބަލަން ނިންމައިފި

ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.
ޖޭއެސްއީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފެމިލީ ކޯޓުގެ ޤާޟީ ޙުޒައިފާއާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާ ބަލަން ނުފެންނަކަމަށް މިއަދު ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން ވިދާޅުވީ، ހުަޒައިފާގެ މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމީ، މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ އެ ކޯޓުގެ އެހެން ގާޒީއެއްގެ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީން ބެލިބެލުމުން ހުޒައިފާއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާ އަކީ އެއްވެސް އަސާސެއް އޮތް ޝަކުވާއެއް ނޫން ކަމަށް ފެންނާތީ ކަމަށެވެ.
އަދި ހުޒެއިފާއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅި ފަރާތާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއެއް ބަލައި އެފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީ، އެ މައްސަލަ ހިނގާފައިވާ ގޮތުން ގާޒީ ހުޒެއިފާގެ މައްސަލައެއް އޮތްކަމަށް މެންބަރުންނަށް ނުފެންނަކަމަށް އެ ކޮމިޝަންގެ ބަޔާނުގައި ވެއެވެ.
ގާޒީ ހުޒެއިފާގެ މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމިއިރު، ގިނަ ފަނޑިޔާރުންތަކެއް ސުލޫކީ މައްސަލަތައް ޖޭއެސްސީން މިހާރުވެސް ދަނީ ބަލަމުންނެވެ. މީގެ ތެރެއިން ބައެއް ފަނޑިޔާރުންގެ މައްސަލަތައް އިތުރަށް ބަލަމުން ގެންދަނީ އެ ފަނޑިޔާރަކު ސަސްޕެންޑްވެސް ކުރުމަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ