ފެމެލީ ކޯޓުގެ އިސް ގާޒީ އާއި ގުޅިގެން ބަލަމުން އަންނަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްނޫން: ޖޭއެސްސީ

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާއި ގުޅިގެން ބަލަމުން އަންނަ ޖިންސީ ފުރައްސާރައިގެ މައްސަލައެއްނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން ބުނެފިއެވެ.
ޖޭއެސްސީން ބުނީ މީޑިއާތަކުގައި އެ ކޮމިޝަނުން ބަލަމުން ގެންދަނީ ގާޒީ ހަސަން ސައީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެކޭ ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށެވެ.
ގާޒީ ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީން ބަލަމުން ގެންދާއިރު، މި މައްސަލައާއި ގުޅިގެން މިދިޔަ މަހު އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ