ސުޕްރީމް ކޯޓުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ނުވަތަ އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިން ގައި ބައިވެރިވުމުގެ ގޮތުން މިއަދުން ފެށިގެން އެ މުއައްސަސާގައި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުންނަށް އެއް ފަހަރަށްވުރެ ގިނައިން ބޭނުން ކުރެވޭ ރީޔޫސެބަލް ބިއްލޫރި ފުޅި ހަވާލުކޮށްފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވެސް މިއަދުން ފެށިގެން ވަނީ އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ނުކުރާ ގޮތަށް ނިންމާފަ އެވެ.
މިއަދު ހެނދުނު މަޖިލީހުން ބޭއްވި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ބައްދަލުވުމުގައި ސްކޫލްތަކުގެ ދަރިވަރުން ކޮމެޓީ އަށް ހާޒިރުވެ ވަނީ، އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކުގެ ނުރައްކާ ފާހަގަކޮށް، ޕްލާސްޓިކް ނައްތާލުމަށް އިލްތިމާސްކޮށް މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސުޕްރީމް ކޯޓުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ