ލުތުފީ ދިރިއުޅެނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި: އުމަރު ނަސީރު

1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ މިހާރު ދިރިއުޅެމުން ދަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 19 ދިވެހިން ޝަހީދުކޮށްލި ނިރުބަވެރިޔާ ފިލައިގެން އުޅެނީ ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީގައި ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސްއެއް ނެރެފައިވާ ކަން އުމަރު ފާހަގަ ކުރެއްވިއެވެ.ލުތުފީ ހައްޔަރު ކުރެވިދާނެ ފަދަ މައުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް ދިހަހާސް އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ކުރީ ސަރުކާރުން ހުށަހަޅާފައިވާ  ލަންކާގެ އެމްބަސީގައި ލުތުފީ ދިރިއުޅެމުން އަންނަ އިރު ސަރުކާރުން އޭނާ ގެންނަން ނޫޅޭކަން ވެސް އުމަރު ވަނީ ފާހަގަކުރައްވާފައެވެ.1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުގައި ހުއްޓާ ބޭސްފަރުވާ އަށް ކަަމަށް ބުނެ އޭނާ ރާއްޖެ އިން ބޭރަށް ފޮނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ދިރި އުޅޭ ކަމަށް އުމަރު ވިދާޅުވިއިރު ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަކީ މީހުން ދިރިއުޅެވޭ ގޮތައް ދެ އެޕާޓްމަންޓް ހުންނަ އިމާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ