މޫސުން ގޯސްވުމާ ގުޅިގެން ތ. ގުރައިދޫ ބަނދަރުގެ ތޮށިގަނޑު ވެއްޓިއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ތ. ގުރައިދޫ ބަނދަރު ސަރަޙައްދުގެ ތޮށިގަނޑުން ބައެއް ވެއްޓިއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ތ. ގުރައިދޫ ބަނދަރު ސަރަޙައްދުގެ ތޮށިގަނޑުކައިރި ވެލިގަނޑުން ބައެއް ފަޅުތެރެއަށް ދެމުމުގެ ސަބަބުން ތޮށިގަނޑުން ބައެއް ވެއްޓިއްޖެއެވެ.
އެސަރަޙައްދު ކޯޑުންކޮށް އެސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ.
ގުރައިދޫއަށް އިއްޔެ ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސްކޫލަށާއި, އެރަށުގެ ގެތަކަށް ފެންވަދެ ކުދިކުދި ގެއްލުންތައް ވެފައިވާއިރު, ރަށުގެ އެކި ސަރަޙައްދުގައި ފެން ހިނދޭގޮތް ހަދައި, ގޭގެއަށާއި, ސްކޫލުގައި ފެންހިއްކައި ފެންވަނުން މަދުކުރުމުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ގޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްތައްވެސް ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ވަނީ ކޮށްފައެވެ.
ހިރިލަންދޫއަށްވެސް އިއްޔެ ރޭ ފަތިހުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ގެތަކަށާއި އެރަށުގެ ޕޮލިސް ސްޓޭޝަނަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު, ތ. ދިޔަމިގިލީގައިވެސް ފެންބޮޑުވެފައިކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ