ސިޔާސީގޮތުން އެއް ގަލަކަށް އެރުމަށް ރައީސް މައުމޫން އާއި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަދި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓްވިޓަރު ގައްޔާއި ބައިނަލް އަގްވާމީ މީޑިއާގައި ރައީސް ނަޝީދު ހައްދަވަމުން އެ ގެންދަވަނީ އިތުރުފުޅު ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ރައީސް މައުމޫން، ރައީސް ނަޝީދު އާއެކު ސިޔާސީ މަޝްވަރާތައް ކުރިއަށް ނުގެންދަވާ ކަމަށެވެ. އަދި ކޮންމެ ކޮންމެ ދުވަހަކު ރައީސް މައުމޫން އާއި ގުޅުވައިގެން ރައީސް ނަޝީދު އިތުރުފުޅު ހައްދަވަނީ ފިތުނަ އުފެއްދުމުގެ ގޮތުން ކަމަށްވެސް އަލީމް ވިދާޅުވި އެވެ.
“އެއް ދުވަހު ޓްވީޓެއް ކޮށްފާނެ، އަނެއް ދުވަހު ބައިނަލްއަގްވާމީ މީޑީއާއަކަށް މައުލޫމާތު ދީފާނެ ރައީސް މައުމޫން އާއި މަޝްވަރާ އެބަ ކުރަމޭ ކިޔާފަ، އެއީ ހަމަ ހުސް ދޮގު، ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަނީ ރައީސް މައުމޫންގެ އަގު ވައްޓާލަން، ޕީޕީއެމް މެމްބަރުންގެ މެދުގަ ފިތުނަ އުފައްދަން” އަލީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީ މިހެން ވިދާޅުވެފައިވާއިރު ރައީސް މައުމޫމް ވަނީ އެކަމަށް ބާރުލިބޭފަދަ ޓްވީޓެއް މިއަދު ކުރައްވާފަ އެވެ. އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އެއް ފަހަރު ބުންޏަސް ތެދެއް ވާނީ ތެދަކަށާއި އެއް ހާސް ފަހަރު ބުންޏަސް ދޮގެއް ވާނީ ދޮގަކަށް ކަމަށެވެ.
ރައީސް މައުމޫން އާއި ގުޅުވައިގެން ކޮންމެ ދުވަހަކު ރައީސް ނަޝީދު ހައްދަވަނީ އިތުރުފުޅު: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ