ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކަށް ވޯޓް ހަމަކުރެވިފައި ނުވާކަމަށާއި ވޯޓުން ރައީސް ޔާމީނު ބަލި ނުކުރެވޭނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި އެމައްސަލާގައި ޝުޖާއުވެސް މަސީހާއި ދެކޮޅަށް ސޮއިކޮށްފައިވާކަމަށް އަޑު ފެތުރިފައި ވަނިކޮށް ކޮށްފައިވާ ޓްވިޓެއްގައެވެ.MR Maseeh ge ithubaaru neiykamah hushahalhan beynunvaa adhadhu opposition akah hamaeh nuvey. Votakun RY bayyeh nukureveyne.#Visnaa— Ibrahim Shujau (@Mp_Shujau) June 30, 2017
ޝުޖާއު އިދިކޮޅު ފަރާތްތަކާއި ގުޅުނުކަމަށް އަޑުތައް ފެތުރުނީ ދާތިފަހުން ޝުޖާއު ކުރެއްވި ޓްވިޓަކާއި ގުޅިގެން ނެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އޭރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ "ދެންފަހެ އޭނާ ބުނާނެތޭ. މަށަކަށްވާ ކެތެއް ނުކުރެވޭނެ، މިފަދައިންނެވެ" ނަމަވެސް ޝުޖާއު މިފަދަ ޓްވިޓެއް ކުރެއްވި މަގުސަދެއް ސާފެއް ނުވެއެވެ.Dhenfahe Eynaa bunaanethe "Mashakahvvaa Ketheh Nukureveyne" mifadha inneve.— Ibrahim Shujau (@Mp_Shujau) June 27, 2017
ޕީޕީއެމް ދެބައިވެ އުފެދުނު ނުތަނަވަސް ކަމުގައި ޝުޖާއު ފުރަތަމަ ހުންނެވީ ރައީސް މައުމޫނު ފަޅީގައެވެ. ނަމަވެސް ސުޖާއުގެ ގާތް ބޭފުޅެއްކަމަށްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމުގެ ވިޔަފާރިއަށް ސަރުކާރުން ދަތިކުރަން ފެށުމާއި އެކު ސުޖާއު އަލުންވަނީ ސަލީމުއާއި އެކު ރައީސް ޔާމީންގެ ފަޅިއަށް ވަޑައި ގަންނަވާފައެވެ.
މެމްބަރު ޝުޖާއު ވިދާޅުވަނީ ވޯޓުން ރައީސް ޔާމީނު ބަލި ނުކުރެވޭނެ ކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ