ކޮލެޖް/ހައި ސްކޫލް ހޭންޑްބޯލް މުބާރާތް އަންނަ ބުދަ ދުވަހު ފަށަނީ

ތިންވަނަ އިންޓަ ކޮލެޖް/ހައި ސްކޫލް ހޭންޑްބޯލް މުބާރާތް އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ. ބުދަ ދުވަހުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އިންޓަ ކޮލެޖް/ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތް ކުރިއަށްދާނީ އަންނަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މާފަންނު ޓާފް ދަނޑުގައި --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް އެ މުބާރާތުގެ ކޮލެޖްތަކުގެ ބައިގެ ފިރިހެން ޑިވިޝަންގައި ވާދަކޮށްފައިވަނީ ފަސް ޓީމެވެ. އެއީ އެވިޑް ކޮލެޖާއި، ވިލާ ކޮލެޖާއި، ސައިރިކްސް ކޮލެޖާއި، މައި ކޮލެޖް އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއެވެ. އަންހެން ޑިވިޝަންގައި ހަތަރު ކޮލެޖަކުން ބައިވެރިވެފައިވާއިރު، ހައި ސްކޫލްތަކުން އެންމެ ސްކޫލެއް ބައިވެރިވެފައިވުމުން އެ ޓީމަށް ވަނީ ކޮލެޖްތަކުގެ ބައިން ފުރުސަތު ދީފައެވެ. އެ ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ ސައިރިކްސް ކޮލެޖާއި، މައި ކޮލެޖާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި، ވިލާ ކޮލެޖް އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. އިންޓަ ކޮލެޖް/ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތް ކުރިއަށްދާނީ އަންނަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މާފަންނު ޓާފް ދަނޑުގައި --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް މާފަންނު ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ އެ މުބާރާތުގެ ހައި ސްކޫލް ބައިގެ ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ދެ ޓީމެކެވެ. މުބާރާތުގައި ބައިވެރިވެފައިވާ ހުރިހާ ޓީމަކަށް ފުރުސަތު ދިނުމުގެ ގޮތުން ހޭންޑްބޯލް މޯލްޑިވްސްއިން ވަނީ އެ ބައި ވެސް ކުރިއަށްގެންދިއުމަށް ނިންމައިފައެވެ. ހައި ސްކޫލްގެ ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަރަބިއްޔާ ސްކޫލެވެ. އެ ޑިވިޝަން ކުރިއަށްގެންދަނީ ތިން މެޗު ކުޅެ، އެންމެ ކުރީގައި އޮންނަ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ