މެމްބަރުންނަށް ދައުވާކުރަނީ ބިރު ދައްކަން، ޕީޖީގެ މިނިވަންކަމެއް ނެތް : އިދިކޮޅު އިއްތިހާދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރަނީ އިދިކޮޅު ފަރާތްތަކަށް ބިރު ދައްކަން ކަމަށާއި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމްގެ މިނިވަން ކަމެއް ނެތް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން ބުނެފި އެވެ.
 
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހްމަދު މަހްލޫފު އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ބިޝާމަށް  ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ.  މަހްލޫފު ވިދާޅުވި ގޮތުގައި ޕީޖީ މަސައްކަތް ކުރައްވަނީ މަގާމުން ވަކިކޮށްފާނެތީ އެކަމުގެ ބިރުގައި ހުންނަވައިގެންނެވެ.
 
ޕީޖީގެ އިތުބާރު އިދިކޮޅު ފަރާތްތަކަށް ނެތް ކަމަށާއި އަދި ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާ ގުޅޭ ގޮތުން ޕީޖީ ގުރޫޕުން ގޮތެއް ނިންމާނެ ކަމަށްވެސް ވިދާޅުވި އެވެ.
 
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުހިނގާ އޮތުމާ ގުޅޭ ގޮތުން މަހްލޫފު ވިދާޅުވީ ޖަލްސާތައް ނުބޭއްވި އޮތީ އިދިކޮޅު މެމްބަރުންގެ ސަބަބުން ނޫންކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީސް މިހާރު ހިންގަވަނީ މޭޖަރޖެނަރަލް އަހްމަދު ޝިޔާމް ކަމަށް ވިދާޅުވެ މަޖިލީހުގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ފާހަގަ ކުރެއްވި އެވެ.
 
ކަމަދޫ ބައި އިލެކްޝަނާ ގުޅޭ ގޮތުން މަހްލޫފު ވިދާޅުވީ ކަމަދޫގެ ރައްޔިތުން އެވަނީ ރައީސް ޔާމިނަށް ނޫނެކޭ ބުނެފައި ކަމަށެވެ. އަދި މުޅި ރާއްޖެ ވެސް އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ