ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ރައީސް ނަޝީދާއި ބައެއް ވަޒީރުންނަށް މުހުލަތު ދީފި

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގެ ބައެއް އިސްވެރިން ހިޔާނާތްތެރިވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ފައިސާ ހަފްތާއެއްގެ ތެރޭގައި ދެއްކުމަށް ފިނޭސް މިނިސްޓްރީން އަންގައިފިއެވެ.
ފިނޭސް މިނިސްޓްރީން އެކަން އަންގާފައިވަނީ މިއަދު މިއަދު ނެރެފައިވާ ބަޔާނެއް މެދުވެރިކޮށެވެ.
ފިނޭސް މިނިސްޓްރީގެ ބަޔާނުގައި ހަތް ފަރާތެއްގެ ނަން ފާހަގަކޮށް އެ ބޭފުޅުން ދައުލަތަށް ހިޔާނާތްތެރިވެފައިވާކަމަށް ބުނެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ފައިސާ ފިނޭސް މިނިސްޓްރީއަށް ދެއްކުމަށް ހަފްތާއެއްގެ މުހުލަތު ވަނީ ދީފައެވެ.
މިނިސްޓްރީން ނޯޓިސްދީފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކްފާނުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކެރަފާ އަހުމަދު ނަސީމާއި، ރައީސް މައުމޫންގެ ސަރުކާރުގައިވެސް ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. އަހްމަދު ޝަހީދާއި ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހު ހުސެއިން ރަޝީދު އަހްމަދާއި އަދި ކުރީގެ ކަސްޓަމްސްގެ ކޮމިޝަނާޖެނެރަލް މުހައްމަދު އަސްވާނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ