ސައިފް އާއި ޖައިދީޕު 57 މިލިއަން ޑޮލަރުގެ އަގުބޮޑު ޖަވާހިރެއް ވަގަށް ނަގަން ތައްޔާރު ވަނީ

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން އަދި ޖައިދީޕް އަހްލަވަތު ފުރަތަމަ ފަހަރަށް އެކީގައި ކުޅޭ ފިލްމު "ޖުވެލް ތީފް: ދަ ހެއިސްޓް ބިގިންސް"ގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ. ނެޓްފްލިކްސްއިން ސްޓްރީމްކުރާނެ މި ފިލްމަކީ ކާމިޔާބު ޑައިރެކްޓަރު ސިދާތު އާނަންދުގެ ސްޓްރީމިންގް ޕްލެޓްފޯމަކަށް އުފައްދާ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ދަ އެފްރިކަން ރެޑް ސަންގެ ނަމުން ނަން ދެވިފައިވާ 500 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 57 މިލިއަން އެމެރިކާ ޑޮލަރު)ގެ އަގުހުރި ޖަވާހިރެއް ނެގުމަށް ހިންގާ ރޭވުންތެރި ޖަރީމާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމު "ޕަތާން" އަދި "ފައިޓާ" ފަދަ ވަރުގަދަ އެކްޝަން ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ސިދާތުގެ ފުރަތަމަ އޯޓީޓީ ފިލްމު "ޖުވެލް ތީފް"އަކީ ވެސް އެފަދަ އެކްޝަން ޕެކްޑް ފިލްމަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ސައިފް އަލީ ޚާން ފިލްމު "ޖުވެއިލް ތީފް"ގެ ޓީޒާ ޓްރެއިލާގެ މަންޒަރަެއްގައި--ފޮޓޯ/ޕިންކްވިލާ މި ފިލްމަކީ ދާދިފަހުން އެކްޓަރު ސައިފް އަލީ ޚާންގެ ގެއަށް ވައްކަން ކުރަން ވަން މީހެއްގެ ފަރާތުން ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ފަހު ސައިފް ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ. ފިލްމުގެ ޓީޒާ ޓްރެއިލާ އާއްމުކުރި ހަފުލާގައި އެކްޓަރު ވަނީ ބައިވެރިވެފައެވެ. ސައިފް އާއި ޖައިދީޕްގެ އިތުރުން މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ ނިކިތާ ދައްތާ އަދި ކުނާލް ކަޕޫރު ހިމެނެއެވެ. މި އަހަރު ނެޓްފްލިކްސްއިން ރިލީޒްކުރާ ފިލްމުތަކުގެތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމުގެ ޓީޒާ ދައްކާފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް ނެޓްފްލިކްސްއިން އަދި އިއުލާނެއް ނުކުރެއެވެ. ސައިފް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރި ތެލުގޫ ފިލްމު "ދޭވްރާ: ޕާޓް 1"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ