ޓްރަމްޕްގެ ގޮވާލުމަކީ ފަލަސްތީނުގެ ނަސްލު ނައްތާލަން ފާޅުގައި ގޮވާލުން ކަމަށް ބެލެވޭ: އދ ގެ ވެރިޔާ

ގާޒާގެ ކޮންޓްރޯލް އެމެރިކާއިން ނަގާ އެތަނަށް ދުނިޔަވީ މީހުން ގެންދަން ހުށަހަޅުއްވައި ޓްރަމްޕް ދެއްކެވި ވާހަކަ އަކީ، ނަސްލު ނައްތާލުމަށް ފާޅުގައި ގޮވާލައްވައި ގޮވާލެއްވުމެއް ކަމަށް ބެލެވޭ ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، ގާޒާ އިން މީހުން ހުސްކޮށް ފަލަސްތީން އަލުން އާރާސްތު ކުރުމަށް ހުށަހަޅާ ޓްރަމްޕް ދެއްކެވި ވާހަކަ އަކީ ނަސްލު ނައްތާލުމަށް ހިތްވަރު ދޭ ގޮތަށް ދެއްކެވިފައިވާ ވާހަކައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާގެ އިތުރުން ޔޫއެން ބިއުރޯ ޗީފް ފައްސިހީ ވިދާޅުވީ، އެއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ކުރަމުން ދާ މަސައްކަތުގައި ދާއިމަށް ސިއްކަ ޖެހިގެން ދާނެ ކަމެއް ކަމަށް ވެސް ބެލެވޭ ކަމަށެވެ.
އދ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ދުނިޔޭގެ އެތައް ޖަމްއިއްޔާ އަކުންނާއި އެމެރިކާގެ ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ މުސްލިމް މެންބަރުންނާއި ހަމައާއި އިންސާފަށް ލޯބި ކުރައްވާ މެންބަރުން ގެންދަވަނީ ޓްރަމްޕްގެ ވާހަކަ ކުށްވެރިކުރައްވަމުންނެވެ.
އެ ގޮތުން ކޮންގްރެސްގައި ހިމެނޭ މުސްލިމް މެންބަރެއް ކަމަށް ވާ ރާޝިދާ ތޯލިބް ވިދާޅުވީ، ހަނގުރާމައިގެ ޖަރީމާ ހިންގާފައި ހުރި މީހަކާ ޖެހިގެން އިންނަވާ، ނަސްލު ނައްތާލަން ފާޅުގައި ޓްރަމްޕް ގޮވާލައްވަނީ ކަމަށެވެ.
އޭނާ އިޝާރާތް ކުރެއްވީ ޓްރަމްޕް ކައިރީގައި އިން ނަތަންޔާހޫ އަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ކްރިސް މާފީ ވިދާޅުވީ، "ޓްރަމްޕް އަށް ކިޔޭ ނުކިޔޭ ނޭނގޭ ކަމަށާއި ގާޒާ ނަގާ ވާހަކަ ދެއްކުމަކީ އެތާނގައި ތިބި ރައްޔިތުން ކަތިލުން" ކަމަށެވެ.
އެމެރިކާގެ ކުރީގެ އޮފިޝަލުންވެސް މި މޭރުމުން ވާހަކަ ދައްކަވާފައި ވާ އިރު، އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިކޮފް ވިދާޅުވެފައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ ވަޒަނަށް އާދެވޭނީ 5 އަހަރު ފަހުން ކަމަށް ބުނުމަކީ ބޭއިންސާފެއް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، ޓްރަމްޕް ވިދާޅުވި 'ގާޒާ ސާފު ކުރާ" ވާހަކަ އަކީ ގާޒާ އަލުން ޕްލޭންކޮށް އާރާސްތު ކުރާ ވާހަކަ ކަމަށެވެ. ނަމަވެސް ގާޒާގެ ރައްޔިތުންނަށް އަނބުރާ ވަޒަނަށް ދެވޭނީ 5 އަހަރު ފަހުން ކަމަށް ބުނުމަކީ ބޭއިންސާފެއް ކަމަށެވެ.
ގާޒާއިން މީހުން ބާލައި އެތަން ދުނިޔަވެރީންނަށްޓަކައި އާބާދު ކުރާ ވާހަކަ ޓްރަމްޕް ދެއްކެވީ މިއަދު ނަތަންޔާހޫ އާ އެކު ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ގާޒާގެ ހަނގުރާމަ މިވަގުތަށް ހުއްޓާލާފައި ވާ އިރު ނަތަންޔާހޫ މިހާރު ޓްރަމްޕް އަރިހަށް ގޮސްގެން އުޅެނީ ގާޒާއަށް ހަދަން ވީ ގޮތަކާއި ހަމަލާތައް ހުއްޓާލާފައި އޮތުމުން ދެން ހަދަންވީ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ