ޝައިޚް އަޙްމަދު ސަމީރުގެ ޚާއްޞަ ދަރުސެއް ނ. ހެނބަދޫ އަދި ނ. ލަންދޫގައި

އައްޝައިޚް އަޙްމަދު ސަމީރު ދަރުސެއް ދެއްވަނީޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމްގެ ދަރުސެއް މިއަދު ހަވީރު ނ. ހެނބަދޫގައި އަދި މިރޭ ނ. ލަންދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހެނބަދޫގައި ދަރުސް އޮންނާނީ މިއަދުގެ އަޞްރު ނަމާދުގެ އެރަށު ސްކޫލްގައެވެ. އަދި ލަންދޫގައި ދަރުސް އޮންނާނީ މިރޭ 20:30 ގައި ލަންދޫ ސްކޫލްގައެވެ.ސަލަފްގެ ވަފުދެއް ނ.އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައ މަނަދޫ އަދި މިލަދޫގައި ދަރުސެއް ބާއްވާފައި ވެއެވެ. އޭގެ އިތުރުން ނ. މާފަރުގައި އަދި ޅ. އޮޅުވެލިފުށީގައި ވެސް ދަރުސެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް ސަލަފުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ