ދިރިއުޅުމަކީ މިއީބާގެ "ޖާނޫ ޑްރައިވިން ސްކޫލް" އެޕިސޯޑު މިހާރު ސަން ޕްލޭއިން ބަލައިލެވޭނެ

ދިރިއުޅުމަކީ މިއީބާ ގެ އާ އެޕިސޯޑެއް ކަމަށްވާ "ޖާނޫ ޑްރައިވިން ސްކޫލް" މިހާރު ސަން ޕްލޭ އިން ބަލައިލެވޭނެ އެވެ. މި އެޕިސޯޑު ސަން ޓީވީން ދައްކާފައި ވަނީ ރޭ 11:00 ގަ އެވެ. ސަން ޓީވީގެ އޮފިޝަލަކު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ވެސް އާ އެޕިސޯޑު ތަކުގެ ގޮތުގައި ގެނެސްދޭ ބައިތައް ސަން ޕްލޭ މެދުވެރިކޮށް ބެލޭނެގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. ދިރިއުޅުމަކީ މިއީބާ މި އަހަރު ހަމަ އެކަނި ސަން ޓީވީން ދައްކަމުން އަންނަ އިރު، ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ދައްކަން ނިންމާފައި ވަނީ އާ އެޕިސޯޑެކެވެ. އެހެން ކޮންމެ ރެޔަކު ވެސް ކުރީގެ އެޕިސޯޑުތައް ދައްކަމުން ގެންދާނެ އެވެ. މި ޕްރޮގްރާމްތައް ސަން ޓީވީން ދައްކާނީ ކޮންމެ ރެޔަކު ވެސް ރޭގަނޑު 11:00ގަ އެވެ. ސަން ޕްލޭ އަކީ އޮންލައިންކޮށް އެކި ކަހަލަ ވީޑިއޯތައް ބަލައިލެވޭ ގޮތަށް ރާއްޖޭގައި ތައާރަފުކޮށް ހިންގަމުން އަންނަ އެންމެ ބޮޑު ވެބްސައިޓެވެ. ސަން މީޑިއާ ގުރޫޕުގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ސަން ޕްލޭގެ ވެބްސައިޓުގައި މިހާރު 3000 އަށް ވުރެ ގިނަ ވީޑިއޯ ވަނީ ހިމަނައިފަ އެވެ. މި ވީޑިއޯ ތަކުގެ ތެރޭގައި މުނިފޫހި ފިލުވުމާއި ދީނީ މައުލޫމާތު ތަކާއި ސިއްހަތާއި ތާރީޚު ފަދަ ދާއިރާ ތަކުގެ ވީޑިއޯތައް ހިމެނެ އެވެ. ސަން ޕްލޭ އަށް ވަނުމަށް ފަހު އެ މީހަކު ބޭނުން ދާއިރާ އަކުން ފަސޭހަކަމާ އެކު ވީޑިއޯތައް ސާޗް ވެސް ކޮށްލެވޭނެއެވެ. މި ވަގުތު ސަން ޕްލޭ ގައި ހުންނަ ވީޑިއޯތައް ބެލޭނީ އުރީދޫ ނެޓްވޯކު މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ