އޭދަފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 3 އަށް

ބ. އޭދަފުށިން އަނެއްކާ ވެސް އިތުރު މީހަކަށް ކޮވިޑްޖެހި، ޕޮޒިޓިވް މީހުންގެ އަދަދު 3 އަށް އަރައިފި އެވ
އޭދަފުށިން ކޮވިޑް ފެނިގެން
އިއްޔެ ވަނީ މޮނިޓަރިންއަށް ވެސް ލައިފަ އެވެ. ބަލި އުޅޭކަން އެނގުނީ ވެސް އަލާމާތްތަކެއް
ހުރި އަންހެނަކު، އަތޮޅު ހޮސްޕިޓަލުގައި ހުރި ފްލޫ ކުލިނިކަށް ގޮސް ޓެސްޓުކުރުމުންނެވެ.
އޭގެ ފަހުން، ބަލީގެ އަލާމާތް ހުރެގެން ރޭ ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި ތިންވަނައަށް ރޭ ޕޮޒިޓިވް ވީ ފުރަތަމަ ޕޮޒިޓިވް ވި ކްލަސްޓާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. ފުރަތަމަ ކްލަސްޓާ އާއި ގުޅުން ހުރި މީހަކު ޕޮޒިޓިވްވި ނަމަވެސް، މިރަށުން އިތުރު ބަޔަކަށް ބަލި ޖެހުނު ކަން ޔަގީނެއް ނޫނެވެ. އޭދަފުށިން ރޭ ރެންޑަމް ޓެސްޓު ކުރި ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
މި ސަރަހައްދުގެ މައި ރަށް އޭދަފުށިން ކޮވިޑް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުދިޔުމަށާއި، ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް، އެޗް.ޕީ.އޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލު ކުރުމަށް ހުރިހާ ރައްޔިތުންނަށް ކައުންސިލުން ވަނީ ނަސޭހަތްތެރިވާ ކަމަށެވެ.
އަދ ކޮންމެހެން ކުރަންޖެހޭ ދަތުރެއްނޫނީ އެހެނިހެން ދަތުރުތައް މިވަގުތަށް ހުއްޓާލުމަށާއި އަދި ކޮންމެހެން ދަތުރެއް ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން ނޫނީ ދަތުރު ނުފެށުމަށް ވެސް ކައުންސިލުންވަނީ އެދިފައެވެ.
މީގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މިހާރު ދެނީ އޮންލައިންކޮށެވެ. އެ ހޮސްޕިޓަލުން އެދެނީ އިމަޖަންސީ ހާލަތެއްގައި ނޫނީ ޑޮކްޓަރަށް ދައްކަން ނުދިއުމަށެވެ. މިއީ ކޮވިޑް ފެތުރެން ފެށި ފަހުން، އޭދަފުއްޓަށް އަރައިފޭބުން މަނާކުރެވުނު ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ