ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވުމުން ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ-

انا لله وانا اليه راجعون 
ޚިދުމަތްތެރި އަދި މަޤްބޫލު ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކުއެވެ.
ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެކެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެކެވެ. ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެކެވެ. 
މަރްޙޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމާއަށް މިންވަރުކުރައްވާށިއެވެ. އާމީން.
- ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 
ޑރ. ރަމްޝާ އަވަހާރަވީ ކަރުންމަތީގެ ބަލިތަކުގެ ޚާއްޞަ ޑޮކަޓަރަކަށްވެވަޑައިގަތުމަށް ބެންކޮކުގައި ކިޔަވާވިދާޅުވަމުން ގެންދަވަނިކޮށް ކެންސަރުބަލީގައެވެ. ބަލިހުރިކަން އެނގިފައިވަނީވެސް ކިޔަވާވިދާޅުވަމުން ގެންދަވަނިކޮށެވެ. 
ޑރ. ރަމްޝާ ވަނީ ކެންސަރުބަލީމީހުންނަށް ހިތްވަރުދެއްވައި ހިތްވަރުދެއްވުމަށް ރާއްޖޭގެ ކެންސަރު ސޮސައިޓީގައިވެސް ޚިދުމަތްކުރައްވައިފައެވެ. 
انا لله وانا اليه راجعونޚިދުމަތްތެރި އަދި މަޤްބޫލު ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކުއެވެ.ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެކެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު…
— Dr Mohamed Muizzu (@MMuizzu) May 2, 2024
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ