ރާއްޖެއިން އޭލެވެލް އިމްތިހާން ކެންސަލް ކޮށްފި

އިމްތިހާނު ކެންސަލް ކޮށްފައި މިވަނީ ބައެއް ޕޭޕަރުތައް ލީކު ވެފައިވާތީއެވެ. އިމްތިހާނު ކެންސަލްކުރިކަން، އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ އިމްތިހާނުގެ ކްރެޑިބިލިޓީ ގެއްލިއްޖެ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، މި އިމްތިހާނުގެ ދެ ޕޭޕަރެއް ލީކުވެފައި އޮއްވައި ވެސް އިމްތިހާނު މިހާތަނަށް ކުރިއަށް ގެންދިޔައީ އިތުރު ޕޭޕަރެއް ލީކު ނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލް އިން ދީފައިވާތީ ކަމަށެވެ. އެހެން އޮއްވައި މިއަދު ވެސް ޕޭޕަރެއް ލީކުވުމުން އިމްތިހާނުގެ ކުރެޑިބިލިޓީ ގެެއްލިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ އިމްތިހާނު ހަދަމުންދާ ދަރިވަރުންނަށް ދެ ގޮތެއް ހުށަހަޅާ ކަމަށެވެ. އެއް ގޮތަކީ ޓީޗާ ބޭސްޑް އެސެސްމެންޓަކަށް ދިއުންކަމަށާއި، އަނެއް ގޮތަކީ އޮކްޓޫބަރު/ ނޮވެމްބަރަށް ލަސްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ