މައުމޫނު ފައުންޑޭޝަންގެ އިހްޔާ ޕްރޮގުރާމް މާދަމާރޭ ފަށާނެ

ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް ކުރީގެ ރައީސް މައުމޫނުގެ މައުމޫން ފައުންޑޭޝަނުން ރޯދަ މަހު ބާއްވާ ޖަލްސާތައް މާދަމާރޭ ފަށާނެ ކަމަށް މައުމޫނު ފައުންޑޭޝަނުން ބުނެފި އެވެ.
ފާއިތުވި ތިންއަހަރެކޭ ވެސް އެއްގޮތައް މިއަހަރުގެ ރަމަޟާން މަހުވެސް ކީރިތި ޤުރުއާން ކިޔެވުމާއި ދީނީ ނަސޭހަތްދިނުމުގެ ޕްރޮގުރާމް ހިންގާ ގޮތައް މައުމޫނު ފައުންޑޭޝަނުން ވަނީ ނިންމާފައެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ މި ފަހަރުގެ ޕްރޮގްރާމްގައި ޖަލްސާތައް އޮންނާނީ ކޮންމެ ބުދަ ދުވަހެއްގެ ރޭގަނޑު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. ރަމަޟާން މަހުގެ ބުދަ ދުވަސް ދިމާވަނީ އެގޮތުން ޖުލައި މަހުގެ 10، 17، 24 އަދި 31 ވަނަ ދުވަހުގެ ރެއާއެވެ. ޖަލްސާ އޮންނާނީ ރޭގަނޑު 10:00 ގައެވެ.
އިހްޔާކުރުމުގެ ފުރަތަމަ ޖަލްސާގައި މާދަމާ ރޭ ވާހަކަފުޅު ދައްކަވާނީ ކުރީގެ ރައީސް މައުމޫނު އާއި ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހިމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ