ޖަލު މުވައްޒަފެއްގެ މޫނަށް ނަޝީދު ވަނީ ކުޅުޖައްސަވާފައި: އުމަރު

ޓެރަރިޒަމް ކުށުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލު މުވައްޒަފެއްގެ މޫނަށް މިއަދު ކުޅުޖައްސަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރުު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު ކުރެއްވި ޓުވީޓެއްގައި އެކަން ކުށްވެރިކޮށް، ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިހްތިރާމްކުރެއްވުމަށް ވަނީ ގޮވާލައްވައިފަ އެވެ.PNasheed today spat on the face of a civilian working for the prison. I condemn this and urge PN to respect the diginity of our staff.— Umar Naseer (@UmarNaseerPPM) January 18, 2016
އުމަރުގެ ޓުވީޓްނަޝީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފަ އެވެ. އެކަމަކު އެމަނިކުފާނަށް ބޭރަށް ވަޑައިގެންނެވޭނީ އާއިލާގެ ބޭފުޅަކު، ނަޝީދަށް ޒިންމާވާ ގޮތަށް އިގްރާރުގައި ސޮއިކުރެއްވުމަށް ފަހު 30 ދުވަހަށް ކަމަށް ސަރުކާރުން ނިންމުމުން އެގޮތަށް ވަޑައިގަންނަވަން ނަޝީދު ބޭނުންފުޅެއް ނުވި އެވެ.އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައި ވަނީ ސްރީ ލަންކާގެ ވަޒީރަކު މެދުވެރިވެ އެއްވެސް ޝަރުތެއް ނެތް ގޮތަށް ނަޝީދު ބޭސްފަރުވާ އަށް ފޮނުއްވަން ރައީސް ޔާމީން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އެކަމަކު މުއްދަތާއި ޒިންމާވާނެ ފަރާތެއް ކަނޑައެޅީ އެއްބަސްވެވަޑައިގަތް ގޮތާ ހިލާފަށް ކަމަށް ވަކީލުން ވިދާޅުވެ އެވެ.ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އިގްރާރުގައި އާއިލާ ބޭފުޅަކު ސޮއިކުރެއްވުމުން ނަޝީދަށް މިހާރު ވެސް ބޭރަށް ބޭސްފަރުވާ އަށް ފުރާވަޑައިގެންނެވޭނެ ކަމަށެވެ. އެ އިގްރާރުގައި ސޮއިކުރާ މީހެއްގެ މައްޗަށް ޖިނާއީ ދައުވާނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ