ކޮރަޕްޝަނާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އިސް އޮވެ މާދަމާ ހަވީރު މާލޭގައި ބާއްވަން ނިންމާފައިވާ ހިނގާލުން މަގުމަތީގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ނިންމާފައި ވަނީ މަގުތައް ބޭނުން ކުރާ ހުރިހާ އެންމެންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.އުމަރު ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވުން ފިޔަވައި، އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްވުން ކުރިޔަށްދާ އިރު ރަށު ތެރޭގެ ރައްކާތެރިކަން ޤާއިމްކޮށް ސަލާމަތާއި
ރައްކާތެރިކަން އެންމެންނަށް ކަށަވަރުވެފައި އޮތުމުގެ މުހިއްމު
ކަމާ ބެހޭ ގޮތުން އެމްޑީޕީ އާއި ފުލުހުން ބައްދަލުކޮށް މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ އެއްވުން ކުރިއަށް ގެންދަން ޖެހޭނީ އާޓިފިޝަލް ބީޗްގައި ކަމަށް ފުލުހުން ވަނީ އަންގައިފަ އެވެފުލުހުން ބުނީ ހުކުރު ދުވަހަކީ ކުޑަކުދިންނާއި ގިނަ އަދަދެއްގެ އާންމުން
ހިތްހަމަޖައްސައިލުމަށް މާލޭގެ އެކި ސަރަހައްދުތަކަށް ނުކުންނަ
ދުވަހެއް ކަމަށެވެ. އެހެންވެ މާދަމާ ހަވީރު ބާއްވާ އެއްވުމާ ގުޅިގެން ފުލުހުންނަށް ލިބިފައިވާ
މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހުރިހާ ރައްޔިތުންގެ ސަލާމަތާއި
ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެއްވުން ކުރިއަށް ގެންދިއުމުގައި
ހުއްދަ ދެވިފައިވާ ސަރަހައްދު ފިޔަވައި މަގުތަކަށް ނުކުމެ ހިނގާލުމެއްގެ
ގޮތުގައި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމަށް ވެސް އެމްޑީޕީ އަށް އަންގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިންޖުވާންގެ ނަމުގައި އެމްޑީޕީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލޭގައި ބެއްވި އެއްވުމުގެ ތެރެއިން. ފައިލް ފޮޓޯ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ
ޕާޓީން މާދަމާ އަށް ރާވާފައިވާ ހަރަކާތް ކުރިއަށް ގެންދަން ޖެހޭނީ
އާޓިފިޝަލް ބީޗުގައި ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އޭގެ ބޭރުން
މަގުމަތީގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައިވާ
ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.އަނަސް ވިދާޅުވި ގޮތުގައި
އެގޮތަށް ފުލުހުންނަށް ނޭނގޭނެ ކަމަށް އެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ
ބުނެފަ އެވެ. އަދި ހިނގާލުން ހުއްޓުވާ ނަމަ، ކޯޓު އަމުރެއް ގެނައުމަށް
ވެސް އެމްޑީޕީން އެދިފައިވާ ކަމަށް ވެސް އަނަސް ވިދާޅުވި އެވެ. އޭނާ
ވިދާޅުވި ގޮތުގައި އެ ޕާޓީގެ ހިނގާލުން މަގުމަތީގައި ކުރިއަށް
ގެންދިއުމުގެ ހުއްދަ ނުދިނީ، މައުލޫމާތުތަކެއް ލިބިފައިވުމުންނާއި ކުރިން
އެ ޕާޓީން ބާއްވާފައިވާ ހަރަކާތްތަކަށް ބެލުމަށް ފަހު ކަމަށް ވެސް ފުލުހުން
ބުނެފައިވާ ކަމަށް އަނަސް ވިދާޅުވި އެވެ.
މަގުމަތީގައި އެއްވުން ނުބޭއްވޭނެ ކަމަށް އެންގީ އެންމެންގެ ހައްގުތައް ކަށަވަރު ކުރުމަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ