ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފި އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުލަތުން ދައުވާކުރާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ޝަރީއަތް ނުފެށި އޮތީ ހަމައެކަނި މޫސާ އަލީ ޖަލީލުގެ އެކަންޏެވެ. އެހެން ހުރިހާ ބޭފުޅުންގެ ޝަރީއަތްތައް ފަށާފައިވާއިރު އެ ހުރިހާ ބޭފުޅުން ވެސް އެ ދައުވާއަށް އިންކާރު ކުރެ އެވެ.
މޫސާ އަލީ ޖަލީލުގެ ޝަރީއަތް މާދަމާ ހަވީރު 4:00 ގައި ބާއްވަން ތާވަލްކުރިކަން ޖުޑިޝަރީން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ޖަލީލްގެ ޝަރީއަތް މާދަމާ ފަށާއިރު ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ޝަރީއަތް އަންނަ އަންގާރަ ދުވަހަށް ވެސް ވަނީ ތާވަލް ކޮށްފަ އެވެ.
އެ މައްސަލައިގައި ޖަލީލުގެ އިތުރުން ދައުވާކުރަނީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ކުށްނުކުރާ މީހަކު ގާނޫނާ ހިލާފަށް ހިފާ ހައްޔަރުކުރުމުގެ ދައުވާ އެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ ޝަރީއަތް މާދަމާ ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ