ދާއިރާގެ ވޯޓުން މެންބަރުން ވަކިކުރެވޭ އިސްލާހެއް ހުށަހަޅައިފި

މި އިސްލާހު ހުށަހަޅާފައިވާއިރު، މެންބަރުން ޕާޓީ ބަދަލުކުރުމުން އަދި އިންތިހާބުވާ ފަރާތްތަކުން ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭނެ ގޮތަށް އެންޓި-ޑިފެކްޝަން ބިލެއް މަޖިލީހަށް އޮތީ ހުށަހަޅާފަ އެވެ.
ދާއިރާގެ ރައްޔިތުންގެ ވޯޓަކުން އެ ދާއިރާގެ މަޖިލިސް މެންބަރު މަގާމުން ވަކި ކުރެވޭނެ އިސްލާހެއް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅައިފިއެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ޑިމޮކްރެޓްސްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާގެ މި އިސްލާހު ހުށަހަޅާފައިވާއިރު، މެންބަރުން ޕާޓީ ބަދަލުކުރުމުން އަދި އިންތިހާބުވާ ފަރާތްތަކުން ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭނެ ގޮތަށް އެންޓި-ޑިފެކްޝަން ބިލެއް މަޖިލީހަށް އޮތީ ހުށަހަޅާފަ އެވެ. އޭނާގެ އެ އިސްލާހު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރު ކަމުން ވަކިވާނެ އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ވިޔަސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމުން މެންބަރުކަމުން ވަކިވާނެ އެވެ. އަދި މެންބަރަކު މަގާމުން ވަކިކުރަން އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކި ކުރަން އެ ދާއިރާގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ އެވެ. މީގެ އިތުރުން ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރުމުން މެންބަރުކަމުން ވަކިވާނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ