"މާފަރު ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓުވީ އެމްޑީޕީ ސަރުކާރުން"، މިނިސްޓަރުގެ ޖަވާބާއެކު މެމްބަރު ހޫނު ފެނަށް!

ނ.މާފަރު ހެލްތް ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް އެ މަސައްކަތް ހުއްޓާލަން އެންގީ އެމްޑީޕީ ސަރުކާރުގައި އޭރު އޮތް ފިނޭންސް މިނިސްޓްރީންކަން ހާމަވެއްޖެއެވެ.
މަނަދޫ ދާއިރާގެ މެމްބަރު އަޙުމަދު ހާރޫނު (ބަގޭ) ހެލްތް މިނިސްޓަރ ޚަލީލް އާ މިއަދު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެމްޑީޕީ އެ ޕްރޮޖެކްޓް ހުއްޓުވާފައި އޮތީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކަމަށެވެ.
ހެލްތް މިނިސްޓަރ ޚަލީލް
އެއްބަސްވުމުގައި ސޮއިކުރުން
މާފަރު ހެލްތް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތުގައި ސޮއި ކުރީ 7 ސެޕްޓެމްބަރ 2023 ގައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮތީ އޭގެ ދެ ދުވަސް ފަހުން 9 ސެޕްޓެމްބަރ 2023 ގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މާފަރު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން ކަމަށާއި، މިއީނ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރީގެ ރައީސް އިބްރާޙިމް އަންގައިގެން ކޮށްފައިވާ ކަމެއްކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ