އައިޓީބީ ޗައިނާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރާ ޗައިނާ ޓޫރިސްޓުންގެ ހަރަދު ކުރުމުގެ ލެވަލް މިހާރު ހުރީ ކޮވިޑުގެ ކުރިއާ ގާތްގަނޑަކަށް އެއް ހަމައިގަ އެވެ.
"އައިޓީބީ ޗައިނާ 2024" ގައި ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުން ބައިވެރިވާން އެމްއެމްޕީއާރްސީ އިން ވަގުތު އިތުރު ކޮށްދީފި އެވެ. 
އައިޓީބީ ފެއާގައި ބައިވެރިވާން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ނިޔަލަށެވެ. އެ ފެއާ އޮންނަނީ މި މަހުގެ 27 އިން 29 ގެ ނިޔަލަށް ޗައިނާގެ ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގަ އެވެ. ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ޖެނުއަރީ 2022 ގައި ޗައިނާ ހުޅުވާލުމުން، ރާއްޖެއަށް ޒިޔާރަތްކުރާ އެ ގައުމުގެ ފަތުރުވެރިންގެ އަދަދު ގިނަވެފައި ވެއެވެ. މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ޗައިނާ ޓޫރިސްޓުން ރާއްޖޭގެ ފަތުރުވެރި ކަމުގެ 11 ޕަސެންޓް ހިއްސާ ނަގައި ޖުމްލަ އަދަދު 70،000 އިން މަތިވެފައި ވެއެވެ.
ޗައިނާ މާކެޓުން އަންނަ ޓޫރިސްޓުންނަކީ ހަރަދު ކުރުން އިތުރު ބައެކެވެ. އޭޝިއާގެ ގައުމުތަކުގެ ތެރޭން ވެސް ޗުއްޓީ ހޭދަ ކުރުމުގައި ހޭދަ އެންމެ މަތި އެއް ގައުމަކީ ޗައިނާ އެވެ. ރާއްޖެއަށް އަންނަ ޗައިނާ މީހުނަކީ ދުވާލު ހަތަރުދަމު އެކްސްކާޝަންތަކުގައި އުޅޭ ބައެކެވެ. އަދި އެ ގައުމުން އަންނަ މީހުނަކީ ގްރޫޕް ޓްރެވަލާސް ކަމަށް ވުމުން ޓޫރިޒަމް ފެސިލިޓީސްތަކަށް ލިބޭ މަންފާ ވެސް ބޮޑުވެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރާ ޗައިނާ ޓޫރިސްޓުންގެ ހަރަދު ކުރުމުގެ ލެވަލް މިހާރު ހުރީ ކޮވިޑުގެ ކުރިއާ ގާތްގަނޑަކަށް އެއް ހަމައިގަ އެވެ. މިދިޔަ ޗައިނީސް ނިއު އިޔާއާ ދިމާކޮށް އެ ގައުމުގެ މީހުން ޗުއްޓީއަށް 87 ބިލިއަން ޑޮލަރު ހޭދަ ކޮށްފައިވެ އެވެ. ޗައިނާ މީހުން 70 ގައުމެއްގައި ޗުއްޓީ ހޭދަ ކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ