އަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

އަންނަ ހުކުރު ދުވަހު ހަވީރު 4:00 ން 6:00 އަށް
މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަގުތީ ގޮތުން މަނާކުރަން މާލޭ ސިޓީ
ކައުންސިލުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި
ނޭޝަނަލް ކެޑޭޓް ކޯއާއި ސިފައިން ގުޅިގެން ބާއްވާ ހިނގާލުމަށް ޖާގަ ދިނުމުގެ ގޮތުންނެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިއުމަށް
ހަމަޖެހިފައިވާ މި ހިނގާލުން ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޓްރެފިކް
ކޮންޓްރޯލް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އަދި މި ހަރަކާތުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމުގައި ދިމާވެދާނެ ދަތިތަކަކީ މަނާކުރި
މައިގަނޑު ސަބަބެއް ކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.
Advertisement
މިނިވަން ދުވަހުގެ ހަވީރަށް ކުރިން ތާވަލުކުރި
މި ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ހުކުރު ދުވަހަށް ފަސްކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެހެން އަހަރުތަކުގެ ކުލަގަދަ
ހަރަކާތްތަކާ އަޅާބަލާއިރު މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވަނީ މަދުކޮށްފަ
އެވެ. އިޤްތިޞާދީ ގޮތުން ދަތިތަކެއް ހުރުމުގެ ސަބަބުން، މި އަހަރުގެ މިނިވަން
ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ ރަސްމީ ޖަލްސާއާއި
ޕެރޭޑެއް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ