އެންމެ ގިނަ ހައުސިންގ މަޝްރޫއުތައް ހިންގާ އެއް ރަށަށް ގަން ވެގެން ދާނެ: ރައީސް އައްޑޫ ކަންކަމުގައި ބަސް ބުނަން އެއްބަޔަކަށް ދީފައި އޮތުމުން ލިބުނު ތަރައްގީއެއް ނެތް: ރައީސް ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މިއަހަރު ތެރޭގައި ކުރިއަށް ދާނެ: ރައީސް މަ

ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ބޭކާރު ކުރައްވާނެ އެންމެ ވަގުތެއްވެސް ނެތް ކަމަށާއި އައްޑޫ ސިޓީގައި ވަރަށް ގިނަ މަޝްރޫތައް ހުރީ ފަށައިގަންނަ ހިސާބުގައި ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ހައި ސްކޫލުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީއަކީ މާލެއާއި އެއް ފެންވަރެއްގައި ތަރައްގީވެފައިވާ ސިޓީއަކަށް ހަދައި ދެއްވާނެކަމަށެވެ. ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރެވޭނީ އެންމެ ދެކުނުގައި އޮތް ހަތަރު އަތޮޅު ގުޅި ލާމެހޭ ޒޯނެއްގެ ގޮތުގައި ތަރައްގީކޮށްގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެންމެ އުތުރު ހަތަރު އަތޮޅު ވެސް ހަމަ އެގޮތަށް ތަރައްގީކޮށް، މެދުރާއްޖެތެރޭގެ ހަތް ރަށެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކޮށްގެންކަމެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަދަން ޑިވޮލަޕްމަންޓް ޒޯނުގެ މައި ހަބަކީ އައްޑޫ ސިޓީ ކަމުގައި ހައްދަވާނެކަމަށެވެ. މި ސަރުކާރުން އައްޑޫ ސިޓީގައި ގިނަ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވާކަން ހަމަކުރައްވަމުން ރައީސް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިހާބުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ