އައްޑޫ ކަންކަމުގައި ބަސް ބުނަން އެއްބަޔަކަށް ދީފައި އޮތުމުން ލިބުނު ތަރައްގީއެއް ނެތް: ރައީސް ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މިއަހަރު ތެރޭގައި ކުރިއަށް ދާނެ: ރައީސް މަޖިލީހުން އަންނަނީ ރައްޔިތުނަށް ކޮށްދެން ބޭނުންވާ ކަންކަމަށް ހުރަސް އަޅަމުން: ރަ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ލ. ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫއުތައް ހިންގާނެ އެއް ރަށަށް ވާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މަތިމަރަދޫގައި ހުންނަ ހަމަދު ބިން ހަލީފާ އަލްޘާނީ ސްކޫލުގައި ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގެދޮރުވެރިކަން ކުރިޔަށްގެންދިއުމުގައި ވެސް ބިންބޮޑު ޖާގަ އޮތްތަންތަނަށް އިސްކަންދެއްވާނެކަމަށެވެ. އަދި ތަރައްގީގެ ކަންކަން އަމަލީގޮތުން ކުރިޔަށްގެންގޮސްދެއްވައި ގަމުގެ ރައްޔިތުން އެދޭ ތަރައްގީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ތަރައްގީގައި މުޅި ރާއްޖެ ތަރައްގީކުރައްވާއިރު ހަންދުންމައްޗަކީ މުހިއްމު އަތޮޅެއްކަމަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޒީގައި ލ.އަތޮޅުގައި ނިސްބަތުން ގިނަ ކަންތައްތައް ނުކުރެވިފައި ހުރުމުގެ ސަބަބުން ފަހަތަށް ގޮސްފައިވާ ދިއުން ނިމުމަކަށް ގެންނަވާނެކަމުގައެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ލ. ގަމުން 2019 ވަނަ އަހަރު ދޫކޮށްފަައިވާ ގޯތިތަކުގެ ޖާގަ ކުޑަވުމަކީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަކަށް ވާއިރު އެގޯތިތައް އިތުރަށް ބޮޑުކޮށް ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެކަމަށާއި އެގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާކަމުގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ގަމުގައި އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރައްވާނެކަމުގައި ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ