އީދުގައި ދުވަހުގެ ބޮޑުބައިގައި މޫސުން ރަނގަޅުވާނެ: މެޓް އޮފީސް

އީދު ދުވަހާއެކު ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އީދު ދުވަސްތަކުގައި ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާއިރު ތިން ފޫޓާއި ފަސް ފޫޓަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
އީދު ތެރޭގައި މޫސުން ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ލަފާކުރާއިރު އީދަށް ބަންދަށް ރަށްރަށަށް ފުރާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ