އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން އާއި ދެކޮޅަށް ލިވާޕޫލް އިން ކުޅުނު މެޗު ބޮޑު ތަފާތަކުން އެޓީމް ކާމިޔާބު ކޮށްފި އެވެ.
ލޫޓާން އިން މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގި ނަމަވެސް ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-1 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ 45 މިނެޓު ތެރޭގައި ލިވަޕޫލް އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.
ލިވަޕޫލުން ކާމިޔާބު ކުރި ފުރަތަމަ ދެ ގޯލުވެސް އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހުހާފުގެ ފުރަތަމަކޮޅު، ވަރަށް ކައިރި ކައިރީގަ އެވެ. 56ވަނަ މިނެޓާއި 58ވަނަ މިނެޓުގައި މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮއްދީފައި ވަނީ އެޓީމްގެ ޑިފެންޑަރު ވެން ޑައިކްއާއި ފޯވާޑް ކޯޑީ ހަކްޕޯއެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ތިންވަނަ ގޯލު ކާމިޔާުބުކޮށްދިނީ ލުއީޒް ޑީއާޒް އެވެ. މިމެޗުގެ އެންމެ ރީތި އަދި އެންމެ ފަހު ގޯލް ޖަހާފައިވަނީ 89 ވަނަ މިނެޓުގައި މިޑްފީލްޑަށް ކުޅޭ ހާވޭ އެލިއޮޓް އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކޮލްޕް ވަނީ ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގިނަ ފުރުސަތުތަކެއް ނިންމާނުލެވި ދިޔަކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ޓީމުގެ ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ކްލޮޕް ބުނެފައިވެ އެވެ.
ފަހަތުން އަރާ ލޫޓަން ބަލިކޮށް ލިވަޕޫލުން ޓޭބަލްގެ އެއްވަނަ ދިފާއު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ