ޖޭފޯއާއެކު އޭނާގެ އުފަން ރަށް ނިލަންދޫގެ ބައެއް އާންމުން ވެސް އެމްޑީޕީއާ އަލަށް މިއަދު ގުޅިފައި ވެއެވެ.
މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.
ޖޭފޯ އެމްޑީޕީއާ ގުޅި ވަޑައިގެން ސޮއި ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މެންބަރު ޖޭފޯފެ ނިލަންދޫ ދާއިރާގައި ހިމެނޭ ނިލަދޫއަށް ވަޑައިގަތުމުން އެރަށުގައި ރައީސް ސޯލިހުގެ ހާޒިރުގަ އެވެ. އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ފަހު ޖޭފޯ ވަނީ އޭނާގެ މެންބަޝިޕް ފޯމް ރައީސް ސޯލިހަށް ހަވާލު ކުރައްވާފަ އެވެ.އޭނާ އެމްޑީޕީއާ ގުޅި ވަޑައިގެންނެވި އިރު އެމްޑީޕީން ވަކިވެ ވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރު މެމްބަރުން ހުށަހެޅި މައްސަލައިގައި ވެސް ސޮއި ކުރައްވާފައި ވެއެވެ.ޖޭފޯއާއެކު އޭނާގެ އުފަން ރަށް ނިލަންދޫގެ ބައެއް އާންމުން ވެސް އެމްޑީޕީއާ އަލަށް މިއަދު ގުޅިފައި ވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ނިލަންދޫ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ