ތިނަދޫ ފަޅުތެރޭ ޕިކްނިކް އައިލެންޑެއް ހެދުމަށް އެމްޓީސީސީއަށް

ގދ ތިނަދޫގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 57،684،668 ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫއުގެ ދަށުން 65،296.00 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ އިތުރުން ލޯންޗުފަހަރު ކައިރި ކުރުމަށް ދެ ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް މުޣުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ސަނީފު ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ