ވ އަންބަރާގެ މައްސަލައިގައި އެންވައިރަމެންޓަލް
ޕްރޮޓެކްޝަން އެޖެންސީ އިން ނިންމެވި ނިންމެވުމުން ރައްޔިތުން ކޮސް ކޮށްލައިފި ކަމަށް ވ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ އަންބަރާގައި އީއައިއޭއާ ޚިލާފަށް މަސައްކަތްކޮށްފައި ހުރި
މައްސަލައާއި ގުޅިގެން އީޕީއޭއިން ވ އަތޮޅު ކައުންސިލަށް ދިން ޖަވާބާއި ގުޅިގެނެވެ.
މިމައްސަލައިގައި އީޕީއޭއިން ވ އަތޮޅު ކައުންސިލް
ރައީސްއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެ އެޖެންސީގެ އިންސްޕެކްޝަނުން އެ ރަށުގައި
ބައެއް މަސައްކަތް ކޮށްފައިހުރީ އީއައިއޭއާ ޚިލާފަށްކަން އެނގޭކަމަށެވެ. ނަމަވެސް
އެ މައްސަލާގައި އެއްކުރި މައުލޫމާތާއި ބެލި ބެލުމުން އެކަންކަމަކީ އަންބަރާގައި ރިސޯޓު
ތަރައްޤީކުރާ ފަރާތުން ހިންގާފައިވާ ކަންކަން ނޫންކަން އެނގިފައިވާ ކަމަށެވެ.
Advertisement
އަދި ވ.އަންބަރާގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތަކަށް
މަޝްރޫޢު ހިންގާ ފަރާތުން ޒިންމާވާންނުޖެހޭނެކަން އެ ފަރާތަށް އީޕީއޭއިން
އަންގާފައިވާނެކަމަށްވެސް އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގައި އެ އެޖެންސީން
ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ ވެއްޓަށް ގެންލުންވަނީ ދީފައިވާއިރު، ދީފައިވާ ގެއްލުމަށް ޑެވެލޮޕަރ ޒިންމާއެއް ނެތް ކަމަށް ބުނެ އީޕީއޭއިން ނިންމި ނިންމުމުން ރައްޔިތުން ކޮސް ކޮށްލައިފި ކަމަށެވެ.
"ވެއްޓަށް ގެންލުންވަނީ ދީފަ، އެކަމަކު ދީފައިވާ ގެއްލުމަށް ޑެވެލޮޕަރ ޒިންމާއެއް ނެތް. ތިޔަ ނިންމެވުން ރައްޔިތުން ރަނގަޅަށް ކޮސްކޮށްލައިފި!" ވ އަތޮޅު
ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ ވިދާޅުވެފައިވެއެވެ.
އަންބާރާ އަކީ ރިޒޯޓެއް ޔަރައްގީ ކުރުމަށް ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑަށް 50 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ ރަށެކެވެ. އެރަށުގައި އީއައިއޭއާ ޚިލާފަށް މަސައްކަތްކޮށްފައި ހުރި
މައްސަލަ ފާހަގަކުރެވިގެން ވ.އަތޮޅު މީހުން އެކަމާއި ދެކޮޅަށް އަޑު އުފުލައި އަންބަރާގައި
ރިސޯޓު ހަދާ ކުންފުނި ޖަވާބުދާރީކުރުވަން އެ އަތޮޅު ކައުންސިލުން ވަނީ ގޮވާލާފައެވެ.
"އަންބާރާ މައްސަލާގައި އީޕީއޭގެ ނިންމުމުން ރައްޔިތުން ރަނގަޅަށް ކޮސްކޮށްލައިފި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ