އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބުތަކުން ގޮވުމަކީ ނަހި ކުރައްވައިފައިވާ ކަމެއް: ރައީސް މައުމޫން

މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބުތަކުން ގޮވުމަކީ ނަހީކުރައްވާފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
އެކަން ފާހަގަކުރައްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވަނީ އަލް ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.
އެމްއާރްއެމްގެ ޒަޢީމް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ނިސްބަތްކޮށް ”ޗޯރު އިބުރޭ“ ކިޔުމުން އެކަމާ "ހަމައިން ނެއްޓޭ ވަރަށް ކަންބޮޑުވުމަކީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް ނާސިރަށް ”ކަރުކުރު ބައިސާ”، ރައީސް މައުމޫނަށް ”ގޮޅާބޯ”، ކުރީގެ ރައީސް މުޙައްމަދު ވަޙީދަށް ”ބާޣީ ވަޙީދު”، ކުރީގެ ރައީސް ޔާމީނަށް ”ރާގޮނޑި ރާޖާ” އަދި އެމަނިކުފާނަށް ”ގަންޖާބޯ“ ގެ ނަމުން ނިސްބަތްކޮށްފައިވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ