އިސްލާމްދީނަށް ތައުހީނުކޮށް ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރަޖިސްޓްރީ ބާތިލުކޮށް، އެ ޖަމިއްޔާ އުވާލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ހޯމް މިނިސްޓްރީގެ ދަށުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަނިކޮށް އެމްޑީއެންގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައި، ޖަމިއްޔާ ރަސްމީކޮށް އުވާލަން ޔޫތު މިނިސްޓްރީން ނިންމީ ޖަމިއްޔާތައް ހެދުމުގެ މިނިވަންކަމާއި، ޖަމިއްޔާތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއީލް އެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި އިލްމުވެރިން ނިންމާފައިވާ ނިންމުންތަކަށް ބަލައި، ސިވިލް ކޯޓުން މިއަދު ހުކުމްކުރީ އެމްޑީއެން އުވާލަން ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
އެމްޑީއެން އުވާލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ