ކަރަންޓް މައްސަލަ ހައްލުކުރަން 3 ދުވަސްވަރު ނަގާނެ

ހަލާކުވި ޓްރާންސްފޯމަރު ނަގައި އެތަނުގައި އާ ޓްރާންސްފޯމަރު ބަހައްޓާ އިންސްޓޯލްކޮށް ކަރަންޓް މައްސަލަ ހައްލުކުރަން ގާތްގަނޑަކަށް ތިންދުވަސްވަރު ނަގާނެކަމަށް ފެނަކަ އިން ބުނެފި އެވެ.
ކުޅުދުއްފުށީގެ ދެ ނަންބަރު ސަބްސްޓޭޝަން ހަލާކުވުމުން ލޯޑްބޮޑުވާ ގަޑިތަކުގައި ރަށުގެ ބޮޑު ސަރަހައްދަކުން އަންނަނީ ކަރަންޓް ކަނޑަމުންނެވެ. އެގޮތުން މެންދުރު 11 އާއި ހަވީރު 16:30 ހާ ދެމެދަކީ ލޯޑްބޮޑުވާ ވަގުތެވެ. އެ ވަގުތުތަކުގައި ރަށުގެ އިރުދެކުނާއި މެދު ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑާނެ އެވެ.
އެކަމަކު ކަރަންޓް ކަނޑާނީ ގަޑިއިރަކަށެވެ. އެކަމަށްޓަކާ ދިމާވާ ދަތިތަކަށް ފެނަކައިން މާފަށް އެދެ އެވެ.
ފެނަކަ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، ކަރަންޓް މައްސަލައަށް އެއްކޮށް ހައްލުކުރަން ތިންދުވަސްވަރު ނަގާނެ ކަމަށެވެ. އެއީ ޓްރާންސްފޯމަރު ނަގައި އާ ޓްރާންސްފޯމަރު ބަހައްޓާ އިންސްޓޯލްކުރުމަކީ ބުރަ ވަގުތު ނަގާނެ މަސައްކަތަށްވާތީ އެވެ.
އާ ޓްރާންސްފޯމަރު ބެހެއްޓެން އަންނަނީ ބުޑު އަޅައިގެންނެވެ. އެކަމަށް ކުރަން ޖެހޭ ކަންތައްތައް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ