ފަލަސްޠީން ހޮސްޕިޓަލަކަށް ހަމަލާދީ 900 އެއްހާ މީހުން ޝަހީދު ކޮށްލައިފި

އިޒްރާއިލްގެ ޔަހޫދީން ޣައްޒާގެ
މެދެއްހާ ހިސާބުގައި އޮންނަ އަލް ޒައިތޫން ނެއިބަރހުޑްގައި ހުންނަ ހޮސްޕިޓަލަކަށް
އަމާޒުކޮށް ހަމަލާއެއްދީ 900 އެއްހާ މީހުން ޝަހީދު ކޮށްލައިފިއެވެ.
މިޙަމަލާ ދީފައިވަނީ
އަލް އަހްލީ ޢަރަބް ހޮސްޕިޓަލަށް ކަމަށް ޣައްޒާއިން މަޢުލޫމާތު ދެއްވި "ވޮއިސް"ގެ
މުރާސިލް ވިދާޅުވެފައިވެއެވެ.
މުރާސިލް ވިދާޅުވީ އަލް
އަހްލީ ހޮސްޕިޓަލަކީ ގިނަ ޢަދަދެއްގެ ބަޔަކު، އެހެން ތަންނަތަނަށްވުރެ ބޮޑަށް
ރައްކާތެރިކަން ލިބޭނެ ކަން ޤަބޫލު ކޮއް ވަގުތީ ހިޔަލެއްގެ ގޮތުގައިވެސް
ބޭނުންކުރަމުން ދިޔަ ތަނެއް ކަމަށެވެ. އެހޮސްޕިޓަލަކީ ކްރިސްޓިއަނުންގެ ބަޔަކު
ފަންޑުކޮށްގެން ހިންގާ ތަނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Advertisement
މިއީ އިޒްރާއިލްގެ
ސިފައިން މިހޮސްޕިޓަލަށް ހަމަލާދިން ދެވަނަ ފަހަރެވެ.
އިޒްރާއިލުގެ ޔަހޫދީން
ބުނެފައިވަނީ އެބައިމީހުން ބާރުފޯރުވޭ ހުރިހާ ތަނަކަށް ހަމަލާދެވޭނެ ކަމަށެވެ.
އިޒްރާއިލުގެ ޔަހޫދީން
ޢާންމުގޮތެއްގައި ވައިގެމަގުން ދޭ ނުރައްކާތެރި ހަމަލާތައް ދެނީ ރޭގަނޑުގެ ވަގުތު
މީހުން ޢާއިލާތަކާއި އެކު ހަމަޖެހިލުމަށް މަސައްކަތްކުރާ ވަގުތުތަކުގައެވެ. އަދި
ކަރަންޓު ކެނޑި އއަނދިރިކަން ވެރިވެފައިވާ ސަރަހައްދުތަކަށެވެ.
ފަލަސްޠީންގެ ސިއްޚީ
ވުޒާރާއިން އިއްޔެ ބުނެފައިވަނީ މިހާތަނަށް 3000 މީހަކު ޝަހީދުވެފައިވާ ކަމަށާއި،
އޭގެ ތެރޭގައި 853 ކުޑަކުއްޖަކު ހިމެނޭ ކަމަށާއި، 936 އަންހެނެއް ހިމެނޭކަމަށެވެ.
ޒަޚަމްވިމީހުނގެ ޢަދަދު
12500 އަށް ވަނީ އަރައިގެން  ގޮއްސައެވެ. އޭގެ
ތެރޭގައި 2555 ކުޑަކުއްޖަކު ހިމެނޭކަމަށާއި، 1594 އަންހެނެއް ހިމެނޭ ކަމަށް
އެމިނިސްޓްރީ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ