މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް އިރުވައި މޫސުން ފެށުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ އެކަމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހު ރާއްޖެ އަށް އިރުވައި މޫސުން ފެށުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ގަދަ ވަޔާ އެކު، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.
އައްޑު އާއި ފުވައްމުލަކަށް ވެސް މެންދުރު ފަހު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ވަނީ އޮރެންޖު އެލާޓެއް ނެރަފައެވެ.
އެހެންކަމުން އެ އޮތޯރިޓީއިން ވަނީ މޫސުމަށް ސަމާލުވެގެން ތިބުމަށް އިރުޝާދުތަކެއް ދީފައެވެ.
އެއީ:
1- ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ތައްޔާރުވުން.
2- ގެ އަށް ފެން ނުވަންނަހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. (ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން)
3- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުން ވެދާނެ ފަދަ މުދާތައް ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން.
4- ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލައިލަފާނެ ކަމަށް ލަފާކުރެވޭ ނަމަ ކުރިއާލައި ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލައިނުލާ ފަދަ ގޮތަކަށް ހަރުކުރުން.
5- ގަދަ ވައިގެ ސަބަބުން އެއްލައިލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން.
6- ބޭނުން ނުކުރާ ނަމަ ކަރަންޓު ބޭނުންކުރާ ތަކެތި ނިއްވުން.
7- ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުން. ދަތުރަށް ނުކުންނައިރު، ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަ ކުރަން ޔަގީންކުރުން.
ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެތީ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ