ތައިލޭންޑްގެ ޕުކެޓްގައި ކުރިއަށްދިޔަ ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ސީނިއާ ކްރިކެޓާސް ޓީމް 1 މުބާރާތުގެ ތަށި ވިދިވިދިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށް މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.
ވާދަވެރި މިމުބާރާތުގެ ފައިނަލުގައި ރާއްޖޭގެ ސީނިއާ ކްރިކެޓާސް ޓީމް 1 އަދި ސީނިއާ ކްރިކެޓާސް ޓީމް 2 ވާދަކޮށްފަވާއިރު، މުބާރާތުގެ ތަށި ސީނިއާ ކްރިކެޓާސް ޓީމް 1 އިން ކަށަވަރުކޮށްފަވަނީ 6 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ތަށި ސީނިއާ ކްރިކެޓާސް ޓީމް 1 އިން މިލްކުކޮށްފައިމިވަނީ އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ.
ރާއްޖޭގެ ސީނިއާ ކްރިކެޓާސް ޓީމުން މިމުބާރާތުގެ ފަޚުރުވެރި ވަނަތަކެއް ހޯދާފައިވާއިރު، ރާއްޖޭގެ ޓީމުގެ ވަކިވަކި ތިން ކުޅުންތެރިޔަކުވެސް ވަނީ މުބާރާތުގެ މުހިންމު ތިން ވަނައެއް ހޯދާފައެވެ. އެއީ އެންމެ މޮޅު ވެޓެރަންސް ބޯލަރގެ މަގާމް ހޯދި އިސްމާއިލް އަނިލްއާއި، އެންމެ މޮޅު ވެޓެރަންސް ކުޅުންތެރިޔާގެ މަގާމް ހޯދި މޫސާ ކަލީމްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ސުޕާ ވެޓަރަންސް ކުޅުންތެރިޔާގެ މަގާމް ހޯދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަޙްމަދު އިސްހާގުއެވެ.
ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތް ކުރިއަށްދިޔައީ 35 އަހަރުންމަތި، 50 އަހަރުންމަތި އަދި 60 އަހަރުންމަތީގެ ޓީމުތައް ވާދަކުރާގޮތަށެވެ. މި ތިން ކެޓެގެރީގައިވެސް ރާއްޖެއިން ވާދަކުރިއިރު، ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ 50 އަހަރުންމަތީގެ ޓީމާއި 35 އަހަރުންމަތީގެ ޓީމުވަނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ.
ރާއްޖޭގެ ވެޓެރެންސް ޓީމުވަނީ ދާދިފަހުން ތައިލޭންޑްގައި ކުރިއަށްދިޔަ 36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކޮށް ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް މޮޅު ކުޅުމެއްދައްކާފަކަންވެސް ފާހަގަކޮށްލެވެއެވެ.
ހުއާ ހިން ސިކްސެސް ކުރިކެޓް މުބާރާތް ކުރިއަށް ދިޔައީ ޖޫންމަހުގެ 27 އިން މިމަހުގެ 4 ގެ ނިޔަލަށެވެ. ރާއްޖޭގެ ސީނިއާ ކްރިކެޓާސް ޓީމުން ތައްޓާއެކު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
ވެޓެރަންސް ޓީމުން ތަށި މިލްކުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ