ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި ކެނެޑާގެ ވެންކޫވަރުގެ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްވިޒަލޭންޑުން 2-0 އިން އަލްޖީރިއާ ބަލިކޮށް ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
މިއީ 1938 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގެ ނޮކައުޓް ސްޓޭޖުގައި ސްވިޒަލޭންޑު ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ 10 ވަނަ މިނެޓުގައި ބްރީލް އެމްބޯލޯ ގޯލު ޖަހައި ސްވިޒަލޭންޑަށް ލީޑު ނަގައިދިނެވެ. އަދި ދެވަނަ ހާފު ފެށިގެން 48 ސިކުންތު ތެރޭގައި ޑެން އެންޑޯޔޭ ދެވަނަ ގޯލު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދިނެވެ.
މެޗުގެ 56 އިންސައްތަ ޕޮޒެޝަން ހޯދައިގެންވެސް އަލްޖީރިއާއަށް ފުރުސަތުތައް ގޯލަށް ބަދަލެއް ނުކުރެވުނެވެ. މެޗުގެ ކުރީކޮޅު ހޫސެމް އައޫއާރަށް ރަނގަޅު ފުރުސަތެއް ލިބި ރިޔާދް މާހްރޭޒް ބޯޅަ ދޫކޮށްލައި އައޫއާރަށް ބޯޅަ ލިބުނު ނަމަވެސް ރީތިކޮށް ބޯޅައިގައި ޖެހޭ ގޮތެއް ނުވެ ބޯޅަ ދިޔައީ ބޭރަށެވެ.
ޔޮހާން މަންޒަމްބީގެ ކައުންޓާ އެޓޭކުން ފެށިގެން ބައިލައިން ކައިރިއަށް ގޯސް ވައަތު ފައިން ކަޓްބެކް ހުރަހެއް ފޮނުވައިލީ އެމްބޯލޯއަށް ގޯލު ޖެހޭ ގޮތަށެވެ.
ދެވަނަ ހާފު ފެށިގެން 46 ވަނަ މިނެޓުގައި އެންޑޯޔޭ ޖެހި ގޯލަކީ ރަފީކް ބެލްގާލީގެ ކްލިއަރެންސް ސީދާ އެންޑޯޔޭ ފައި ކައިރިއަށް ވެއްޓުމުން ޕެނަލްޓީ އޭރިއާގެ ބޭރުން ޖެހި ތިރި ޝޮޓެކެވެ. މި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނުމުގައި ޑެނިސް ޒަކާރިއާގެ ދައުރު ބޮޑެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފެބިއަން ރީޑާ ހުސް ގޯލަކަށް ބޯޅަ ވައްދައި ނުލެވި މުބާރާތުގެ އެންމެ ބޮޑު މިސްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
ސްވިޒަލޭންޑުގެ ކެޕްޓަން ގްރެނިޓް ޖަކާ 90 މިނެޓު ފުރިހަމައަށް ކުޅެ ޑިފެންސްގެ ކުރިން މެދުތެރެ ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކިއެވެ. އަލްޖީރިއާގެ ފަރާތުން ބައެއް ރަނގަޅު ވަގުތުކޮޅުތައް ފެނުނު ނަމަވެސް ގޯސް ޑިފެންސާއި ފުރުސަތުތައް ބޭކާރުވުމުން ނުކުޅެވުނީއެވެ. ހަތަރު މެޗުގައި އަލްޖީރިއާ ކޮޅަށް ނުވަ ގޯލު ވަދެފައިވެއެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ސްވިޒަލޭންޑުން 88 އަހަރުގެ ހިތި ތާރީހު ނިމުމަކަށް ގެނެސް ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ