ކަަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި
މިއަދު ހެނދުނު ކަރަންޓު ދިޔަ މާލޭގެ ކޯރުކެނޑިމަގާއި، ބިންހިމަ ގޯޅި އަދި ބަޑިފަސްގަނޑު މަގުގައި ހިމެނޭ ގެތަކަށް އަލުން ކަރަންޓު ދީފިއެވެ. ސްޓެލްކޯއިން ގަޑިއިރެއް ކުރިން ވަނީ އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައެވެ. އަދި މިހާރު އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފައިވާ ކަމަށް ވެސް ސްޓެލްކޯއިން ދެންމެ ބުންޏެވެ. https://x.com/STELCOMALDIVES/status/2055547324764676381 ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ. މިފަހަކަށް އައިސް، މާލެ އަދި ހުޅުމާލެއިން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑި، އަށް ގަޑިއިރުވިއެވެ. އޭރު ކަރަންޓު ކެނޑިފައިވަނީ، ކޮނުމުގެ ތެރެއިން ކޭބަލަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ