ތިން ޕްރޮމޯޝަނަކާއެކު ދިރާގުން ވޯލްޑް ކަޕަށް "ފޯރިން ގުގުމާލާ" ކެމްޕެއިން ލޯންޗުކޮށްފި
ދިރާގުން މި ފަހަރުގެ ވޯލްޑް ކަޕަށް ޚާއްސަކޮށްގެން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާ އެކު "ފޯރިން ގުގުމާލާ" ކެމްޕެއިން ތައާރަފްކޮށްފިއެވެ. މި ކެމްޕެއިން ތައާރަފްކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ދިރާގުން ބުނީ "ފޯރިން ގުގުމާލާ" ކެމްޕެއިންއަށް ނަން ދީފައިވަނީ ފުޓުބޯޅަ ބަލަމުންދާއިރު ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި، ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށް ކަމަށެވެ. އެހެންކަމުން ދިރާގުގެ މަގުސަދަކީ މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އައު ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ކެމްޕެއިންގެ ތެރެއިން ދިރާގުން ތިން ޕްރޮމޯޝަނެއް އިއުލާނުކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ "ޖެހީ ލިބުނީ"، "އެމް ޓީވީ މޯބައިލް އެޑް އޮން" އަދި "25ޖީބީ ފޯރި ބޯނަސް" ޕްރޮމޯޝަނެވެ. ޖެހީ ލިބުނީ: ކަސްޓަމަރުން ސަޕޯޓުކުރާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު އެއްޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ މި ޕްރޮމޯޝަނުގައި ދިރާގު އެޕްގައިވާ "ޖެހީ ލިބުނީ" ބެނާއަށް ފިއްތާލުމަށްފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާއެކު ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި ޕްރޮމޯޝަން ނިމިގެންދާއިރު ލީޑާބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތަކަށް ޕީއެސް ފައިވް ސްލިމް ވަންޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ފައިވްޖީ 27 އިންޗީގެ 165ހާޒް ކިއުއެޗްޑީ ކާވްޑް މޮނިޓާއެއް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެމްޓީވީ މޯބައިލް އެޑް އޮން – ވީއާ 26ޕާސް: ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ތެރެއިން ދިރާގު އެޕް މެދުވެރިކޮށް "ވީއާ 26ޕާސް" އެކްޓިވޭޓްކުރުމަށްފަހު މީޑިއާނެޓްގެ އެމްޓީވީ މޮބައިލް އެޕް މެދުވެރިކޮށް މެޗުތައް ވަގުތުން ބަލާލުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެންމެ 275 ރުފިޔާއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، މިއާއެކު ތްރީޖީބީ ޑޭޓާ ވެސް މުޅިން ހިލޭ ލިބި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ދިރާގުން ބުނެއެވެ. 25ޖީބީ ފޯރި ބޯނަސް: ދިރާގު ޕްރިޕެއިޑްގެ ވަކި ޚާއްސަ އެޑް އޮންތަކާއެކު 25ޖީބީ ފޯރި ބޯނަސް ލިބިގެންދާނެ ކަމަށާއި މި އެޑް އޮންތައް އެންމެ 20 ރުފިޔާއިން ފެށިގެން ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ދިރާގު "ފޯރިން ގުގުމާލާ" ކެމްޕެއިނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ދިރާގުން ދަނީ މި ފަދަ ޚާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ދެމުންނެވެ. ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ