ދިގު އިންތިޒާރެއްގެ ނިމުން، ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށްފި

ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭ ޕޭޕަލްގެ ޚިދުމަތް މިއަދު ލޯންޗުކޮށްފިއެވެ. ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރާއްޖެއަށް ޕޭޕަލް ތައާރަފުކޮށްފައިވަނީ އުރީދޫއާއެކު އޮތް ޕާޓްނާޝިޕެއްގެ ދަށުންނެވެ. މިއަހަރު ތެރޭ އެ ޚިދުމަތް ރާއްޖެ ތައާރަފްކުރެވޭނެ ކަމަށް، އުރީދޫން ވަނީ ބުނެފައެވެ. އުރީދޫން އޭރު ބުނި ގޮތުގައި، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވާނެކަން އުރީދޫން ފާހަގަކުރިއެވެ. ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ