މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް ފައިސާ ދޫކުރުމުގެ މަސައްކަތުގެ ދަށުން، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމުލަ 5,354,298 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 14 ވަނަ ދުވަހު މަސްކިރުވި 29 ދޯންޏަކަށް މިއަދު ވަނީ 841,400 ރުފިޔާ ދޫކޮށްފައެވެ. އެ ދުވަހު ފައިސާ ދޫކުރެވުނު ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 26 ދޯންޏަކަށް 817,800 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 6 ދޯންޏަކަށް 5,000 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 9 ދޯންޏަކަށް 18,600 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިފްކޯއިން އަންނަނީ ގަވާއިދުން މަސްވެރިންނަށް ފައިސާ ދައްކަމުންނެވެ. އެގޮތުން މި މަހުގެ އެކި ދުވަސްތަކުގައި ދޫކުރި ފައިސާގެ ތަފްސީލަކީ:
ސަރުކާރުގެ ސިޔާސަތަކީ މަސްވެރިން ކިރުވާ މަހަށް ވީހާވެސް އަވަހަކަށް ފައިސާ ފޯރުކޮށްދިނުން ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިފްކޯއިން ދަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ހަރުދަނާ ކުރަމުންނެވެ. މި މަހުގެ މިހާތަނަށް 5.4 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މިދިޔަ މޭ މަހު އެ ކުންފުނިން ވަނީ ޖުމްލަ 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.
މިފްކޯއިން ބުނި ގޮތުގައި، މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުން ގަވާއިދުން ކުރިއަށް: ޖޫން މަހުގެ މިހާތަނަށް 5.4 މިލިއަން ރުފިޔާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ