މި ބަދަލާއެކު އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، މެޑިކަލް އިވެކުއޭޝަންގައި ގެންނަ ފަރާތްތަކާއި، ރާއްޖޭގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށްފަހު އެނބުރި ރަށަށް ދާ ފަރާތްތަކަށް އާސަންދަ ސްކީމްގެ ދަށުން ޓިކެޓް ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމާފައެވެ.
އެންސްޕާއިން ބުނި ގޮތުގައި މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ އެއް އިދާރާއަކުން މި ހުރިހާ ޚިދުމަތެއް ފޯރުކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. މި ސްކީމްތަކާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އާސަންދައިގެ ހޮޓްލައިން 1400 އަށް ގުޅުމަށް އެ އެޖެންސީން އިލްތިމާސް ކުރެއެވެ.
މެޑިކަލް ވެލްފެއަރ ސްކީމް އާސަންދައިގެ ދަށަށް ބަދަލުކޮށް، ޚިދުމަތްތައް ފުޅާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ