މަޖިލީހުގެ ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފްތާއެއްހާ ދުވަހަށް މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލިސް ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ޖަލްސާތައް ބާއްވަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަހަރުގެ ދެވަނަ ދައުރުގެ ފެށުނީ މިއަދު އެވެ.
ތަފްސީލު - މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް  އަބްުދުއްރަހީމް ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ އަންނަ ހަފްތާ ހޯމަ ދުވަހު އެވެ. އެހެން ކަމުން ހަފްތާއެއްހާ ދުވަހަށް މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހަމަވެ، ދެ ހަފްތާ ޗުއްޓީއަށް ދާން އޮތީ މިދިޔަ މަހު 14ގަ އެވެ. ނަމަވެސް:
ޗުއްޓީއަށް ނުގޮސް، މިދިޔަ މަހުގެ ނިޔަލަށް ދައުރު ދިގު ދަންމާލި 
އެއީ، މަޖިލީހުގެ ނައިބު ރައީސްކަމުން އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް
ޗުއްޓީއަށް ނުގޮސް ދައުރު ދިގު ކުރި މުއްދަތުގައި ބޭއްވީ އެންމެ ޖަލްސާއެއް؛ އެއީ އިއްޔެ ބޭއްވި ނާޒިމް ވަކިކުރުމަށްޓަކައި ބޭއްވި ޖަލްސާ
އެ ޖަލްސާގެ ކުރިން ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމުން އިއްޔެގެ ޖަލްސާ ވަނީ ކުރުކޮށްލާފައި
ގަވައިދުގައިވާ ގޮތުން މިއަދު ފެށި ދެ ވަނަ ދައުރު ނިމޭނީ، އަންނަ އޮގަސްޓު މަހު 15އަށެވެ. އޭގެ ފަހުން ދޮޅު މަހުގެ ޗުއްޓީއަކަަށް ދިޔުމަށް ފަހު އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ބާއްވަނީ އޮކްޓޯބަރުން ނޮވެމްބަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ