ފުޑް ކާނިވަލުގެ 15 އައުޓްލެޓަކުން 10 ޕަސެންޓުގެ ޑިސްކައުންޓާއި އެމްއައިބީ ފައިސާވެއާ އަނގޮޓި ހޯދުމުގެ ފުރުސަތު

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް ފުޑް ކާނިވަލްގައި "އެމްއައިބީ ޓްރިވިއާ ކުއިޒް" ގައި ބައިވެރިވެގެން "ފައިސާވެއާ" އަނގޮޓިއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ހަރަކާތް ބާއްވާނީ މިރޭ 8 އިން 10 އަށެވެ. އެމްއައިބީގެ މި ޓްރިވިއާ ކުއިޒްގައި ބޭންކިންއާ ގުޅޭގޮތުން ކުރާ ފަސް ސުވާލުގެ ތެރެއިން ތިން ސުވާލަކަށް ރަނގަޅު ޖަވާބުދޭ މީހުންނަށް ފައިސާވެއާ އަނގޮޓިއެެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ހަރަކާތް އެމްއައިބީން ރޭގައި ވެސް ބޭއްވިއިރު، އެ ހަރަކާތަށް ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް އެމްއައިބީ އިން ބުންޏެވެ.
އެ ކުއިޒްގެ އިތުރުން ފުޑް ކާނިވަލުގައި 15 އައުޓްލެޓަކުން އެމްއައިބީގެ ކާޑު ނުވަތަ ވެއަރަބަލް ޕޭމަންޓް މެދުވެރިކޮށް ކުރާ ކޮންމެ ވިޔަފާރިއަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ކެމްޕޭނެއް ވެސް ވަނީ ފަށައިފަ އެވެ.
މި 15 އައުޓްލެޓްގެ ތެރޭގައި ސާދަ އެންޓަޓެއިންމަންޓް، ހަބް ޝޯރޫމް، ހޮރޯ ހައުސް، އައިއްޓޭ ސީފުޑް، މެލްޓްސް، ކްލަބް 99 ބޮނޑިބަތް، އައިލެންޑް ފްލޭވާސް، މަމަކް، ސޫޝީ ސްނެޕް، ބުރުޒު ޕޭސްޓްރީ، ޝަވަމާޝީ، ސޯސްޑް އަޕް ބައި ލޫސީސް، ބެޓޮއިޑް ލޮޖިސްޓިކްސް، މާސް ކެރަމެލް، އަދި ޕެޓިސް ހިމެނެ އެވެ.
މިރެއަކީ ފުޑް ކާނިވަލުގެ ފަހު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ