މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް ފައިސާ ދޫކުރުމުގެ މަސައްކަތުގެ ދަށުން، މި ހިނގާ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް ޖުމުލަ 4,028,735 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 6 ވަނަ ދުވަހު މަސްކިރުވި 22 ދޯންޏަކަށް އިއްޔެ ވަނީ 909,770 ރުފިޔާ ދޫކޮށްފައެވެ. ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 19 ދޯންޏަކަށް 841,340 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 3 ދޯންޏަކަށް 4,580 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 6 ދޯންޏަކަށް 63,850 ރުފިޔާ ދޫކޮށްފައިވެއެވެ.
މިދިޔަ ޖޫން މަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު، މި މަހުގެ ފުރަތަމަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ އިތުރުވެފައެވެ. ޖޫން މަހުގެ ފުރަތަމަ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ ޖުމުލަ 2.5 މިލިއަން ރުފިޔާއެވެ. ނަމަވެސް މި މަހުގެ ފުރަތަމަ ހަފްތާގައި މި އަދަދު ވަނީ 4 މިލިއަނަށް އަރާފައެވެ. ބެލެވޭ ގޮތުގައި މި އަދަދު އިތުރުވެފައިވަނީ މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެންނެވެ.
މިފްކޯއިން ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ގަވާއިދުން މަސްވެރިންނަށް ފައިސާ ދައްކަމުންނެވެ. ވޭތުވެދިޔަ މަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު:
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަހަށް ނިކުމެ މިފްކޯއަށް މަސްކިރުވާ ދޯނިފަހަރުގެ އަދަދު ވަނީ މެއި މަހާ އަޅާބަލާއިރު މަދުވެފައެވެ. ނަމަވެސް މަސްވެރިންނަށް ދޫކުރާ ފައިސާގެ މިންވަރު މި މަހު ވަނީ އިތުރުވާން ފަށާފައެވެ.
ސަރުކާރުގެ ސިޔާސަތަކީ މަސްވެރިން ކިރުވާ މަހަށް ވީހާވެސް އަވަހަކަށް ފައިސާ ފޯރުކޮށްދިނުން ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިފްކޯއިން ދަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ހަރުދަނާ ކުރަމުންނެވެ. އެގޮތުން މިދިޔަ މެއި މަހު ޖުމުލަ 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ޖޫން މަހު 11.33 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މިފްކޯއިން ބުނި ގޮތުގައި، މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެ
އަގަށް އައި ބަދަލާއެކު މަސްވެރިންނަށް ލިބުނު ފައިސާ މަތިވެއްޖެ: މި ހަފްތާގައި 4.02 މިލިއަން ރުފިޔާ ދޫކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ