ހިމިބިހި ޖެހުނު ދިވެހި ޒުވާނަކު ނިޔާވެއްޖެ އެވެ.
އަދަދުއަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ހިމަބިހި ޖެހުނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
Zetta Enterprises Pvt Ltd
Yes Maldives Pvt Ltd
MGH Group of Companies
MGH Group of Companies
Enterprise Development Industrial Pvt Ltd
ނިޔާވި ޒުވާނާއަކީ ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން، ތަފާތު އެކި އިންފެކްޝަންތަކަކަށް ފަރުވާ ހޯދަމުންދިޔަ ބަލި މީހެކެވެ. ހުޅުމާލެ ހޮސްޕިޓަލުގައި އޭނާ އެޑްމިޓު ކުރީ އޭނާގެ ބަލި ހާލަތު ދެރަވެގެން ގދ. ފިޔޯރީން މާލެ ގެނައުމަށްފަހު ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.
ރާއްޖޭގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައި ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ބަޔަކު އެއްވާ ފަދަ ބާޒާރުތަކާއި ކާނިވަލްތައް ދަނީ ބާއްވަމުންނެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވެކްސިން ކެމްޕޭނެއް ފަށާފައިވާއިރު، ބަލީގެ އަލާމާތްތައް ހުންނަ މީހުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނަމަވެސް، މިފަހުން ހިމަބިހި ރާއްޖޭގައި އާދަޔާއިހިލާފަށް ފެތުރެން ވަނީ ފަށައިފަ އެވެ. މިދިޔަ މަސް ނިމުނުއިރު އެ ބައްޔަށް 66 މީހުން ޕޮޒިޓިވްވީއިރު، މި މަސް ފެށުނުފަހުން އެ އަދަދު ވަނީ ދެގުނަވެފަ އެވެ.
އާދަޔާއިހިލާފަށް ހިމަބިހި ފެތުރި އަލުން ފެތުރި އެ ބައްޔަށް އެތައް ބަޔަކު ޕޮޒިޓިވްވަމުންދާ ދަނޑިވަޅެއްގައި ވެސް މާލޭގައި ކާނިވާތަކާއި މަގުމަތީ ބާޒާރުތައް ދަނީ ބާއްވަމުންނެވެ.
އެގޮތުން މިފަހުން ސަރުކާރުން ވަނީ ހުޅުމާލޭގައި ބޮޑު އެކްސްޕޯއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި، ރަސްފަންނު ސަރަހައްދުގައި މަގުމަތީ ބާޒާރެއް ވެސް ހުސްވި ހަފުތާގައި ބޭއްވި އެވެ.
އޭގެ އިތުރުން މިއީ، ވޯލްޑްކަޕްގެ ދުވަސްވަރުކަމުން މެޗުތައް ބެލުމަށް ކޮންމެ ރެއަކުހެން ސްކްރީންތައް ދޮށަށް ގިނަ ބަޔަކު ޖަމާވެ އެވެ.
ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ. މިހާރު ވެކްސިންދެމުން ދަނީ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
ހިމަބިހި ޖެހިގެން 24 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ