ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން (ވީއައިއޭ) ފޯރުކޮށްދެމުން އަންނަ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވައިދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއާއެކު ކެމްބޯޑިއާ ވެގެން ގޮސްފައިވަނީ މި ޚިދުމަތުގެ ތެރެއިން ރާއްޖެއަށް މުދާ ގެންނަން ފެށި ހަތަރުވަނަ ޤައުމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، ކެމްބޯޑިއާއިން ރާއްޖެ ގެނައި ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ވައިގެ މަގުން ބޭރަށް ފޮނުވާލާފައެވެ. މި ޝިޕްމެންޓް ފޮނުވާލާފައިވަނީ ޤަތަރު އެއަރވޭސް މެދުވެރިކޮށް ކަމަށްވާއިރު، މި މަސައްކަތުގައި ލޮޖިސްޓިކްސް ބައި ބަލަހައްޓާފައިވަނީ ސީއީއެފް ލޮޖިސްޓިކްސް އިންނެވެ.
ކެމްބޯޑިއާއިން ރާއްޖެއަށް މުދާ ގެނެސް، ރާއްޖެއިން ވިލާތުގެ އެކި މަންޒިލްތަކަށް ވައިގެ މަގުން މުދާ އުފުލަން ފެށުމަކީ އޭޝިއާ ބައްރާއި ވިލާތް ގުޅުވާލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ. މިހާރު މި ޚިދުމަތް މެދުވެރިކޮށް މުދާ ގެންނަ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ކެމްބޯޑިއާ ހިމެނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް މި ޚިދުމަތް މެދުވެރިކޮށް 335 ޓަނުގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މިއީ މި ޚިދުމަތަށް އޮތް ތަރުހީބު އިތުރުވަމުންދާކަމުގެ ހެއްކެކެވެ.
ސީ-ޓު-އެއާ ކާގޯގެ ޚިދުމަތަކީ އެމްއޭސީއެލް އާއި އެމްޕީއެލް ގުޅިގެން 2024 ވަނަ އަހަރުގެ މޭއި މަހު ފެށި ޚިދުމަތެކެވެ. މި ޚިދުމަތަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކާމިޔާބުކަމާއެކު ހިންގަމުންދާ، އަދި އެ ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑު މަންފާއެއް ލިބޭ މަސައްކަތެކެވެ.

ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރުކުރާ މަންޒިލަކަށް ވުމާއެކު، މިފަދަ ޚިދުމަތްތައް ފުޅާކުރުމުގެ ފުރުޞަތު ރާއްޖެއަށް ބޮޑުކަމަށް ސަރުކާރުން ދެކެއެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާމްދަނީ ލިބޭނެ އާ މަގުތައް ފަހިވެގެންދާނެއެވެ.
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިން މުދާ ގެންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ